
ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތް، މާތްﷲގެ އިރާދަފުޅާއެކު މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ވަނީ މިއަދަށް ނިންމާލެވިފައި. ރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި މި މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި މި ކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ.













