STELCO

5.8K posts

STELCO banner
STELCO

STELCO

@STELCOMALDIVES

State Electric Company Ltd; Emergency Hotline : 104; Contact Center: 1545

Ameenee Magu, Male', Maldives Beigetreten Aralık 2014
180 Folgt26.6K Follower
STELCO
STELCO@STELCOMALDIVES·
މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއި މިކުންފުނިން މިއަދު ވަނީ ރަސްމީކޮށް ހަވާލުވެފައި. މި ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިި މި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިން. ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި މިރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
Maldives 🇲🇻 DV
1
14
20
2.4K
STELCO
STELCO@STELCOMALDIVES·
އާއިލާތަކުގެ ބާއްޖަވެރި މުސްތަޤުބަލަށްޓަކައި، ވަރުބަލިކަމެއްނެތި ބައްޕައިން ކުރައްވާ ބުރަ މަސައްކަތާއި ވެވަޑައިގަންނަވާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެއް. ބައްޕައެއްގެ އޯގާތެރިކަމާއި ލޯތްބަކީ ކޮންމެ ދަރިއެއްގެވެސް ދިރިއުޅުމުގެ އެންމެ ހަރުދަނާ ބިންގާ. ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި، ސްޓެލްކޯގެ އާއިލާގައި ހިމެނޭ އެންމެހާ ބައްޕައިންނަށާއި، ދިވެހިރާއްޖޭގެ އެންމެހާ ބައްޕައިންނަށް މި ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން.
STELCO tweet media
DV
0
11
8
865
STELCO
STELCO@STELCOMALDIVES·
ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް. އަދި 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ހައްސާމް އަޙްމަދު.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
Maldives 🇲🇻 DV
0
11
14
2.7K
STELCO
STELCO@STELCOMALDIVES·
ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން 2025 ވަނަ އަހަރު ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، މާލޭ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނަފާޙް މުޙައްމަދު. އަދި 2025 ވަނަ އަހަރު ނޮން-ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ، ސަމީހާ މުސްޠަފާ. މީގެ އިތުރުން، 2025 ވަނަ އަހަރު އެންމެ މޮޅު ސްޓޭޝަން މެނޭޖަރަކަށް ހޮވިފައިވަނީ، ނޯތު ރީޖަނަލް ޑިޕާޓްމަންޓްގެ ކ. ތުލުސްދޫ ޕަވަރހައުސްގެ ސްޓޭޝަން މެނޭޖަރ، ޙުސައިން އާމިރު.
STELCO tweet mediaSTELCO tweet mediaSTELCO tweet media
Maldives 🇲🇻 DV
0
14
17
3.9K
STELCO
STELCO@STELCOMALDIVES·
ސްޓެލްކޯގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދިނުމަށް ބޭއްވި ސްޓެލްކޯ ސްޓާފް ނައިޓް ޙަފްލާގެ ތެރެއިން... #ތަރައްޤީގެބައިވެރިޔާ
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
Maldives 🇲🇻 DV
0
12
16
1.5K
STELCO
STELCO@STELCOMALDIVES·
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި މި ކުންފުނިން ޙަވާލުވުމުގެ ގޮތުން މިއަދު ވަނީ މި ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަ. ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު، އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ކުންފުނީގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ މި ކުންފުންޏާއި ޙަވާލުކޮށްފަ. އަދި ހަމަމިއާއިއެކު މި ކުންފުނީގެ ފަރާތުން މިއަދު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ. @hdcmaldives
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
DV
0
17
17
1.7K
STELCO
STELCO@STELCOMALDIVES·
ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން، ކްލަބް މޯލްޑިވްސް މައިލޯ ކިންގްސް ކަޕް 2026 ގެ ޗެމްޕިއަންކަން ކާމިޔާބުކުރުމާއި، އެ މުބާރާތުގައި ސްޓެލްކޯގެ ކުޅުންތެރިން ވަކިވަކިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ސްޓެލްކޯގެ ޓީމުގެ ވަކިވަކި މެންބަރުން ވަނީ މުބާރާތުގެ ޝަރަފުވެރި ވަނަތައް ކާމިޔާބުކޮށްފައި: މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރެއިން: ޝުއައިދު ސައީދު، އަދުހަމް އަޙްމަދު، އިބްރާހިމް ރިމާޙް 🌟🌟🌟 މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ފުޓްސަލް): ސްޓެލްކޯގެ ކޯޗް، އުޘްމާން ނަސީރު 💪 ފައިނަލް މެޗް ކިންގް: އިބްރާހިމް ރިމާޙް 👑 ސަލްޓަން އޮފް ފުޓްސަލް: އިބްރާހިމް ރިމާޙް 👑🛡️🗡️ 🔴🟡🔵
Maldives 🇲🇻 DV
1
10
15
1.6K
STELCO
STELCO@STELCOMALDIVES·
ހިޖުރީ އައު އަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. މި އަހަރަކީ އުފާވެރި، ކާމިޔާބު އަހަރެއްކަމުގައި ލައްވާށި. އާމީން.
DV
2
9
10
686
STELCO
STELCO@STELCOMALDIVES·
ދުނިޔޭގެ ލޭ ހަދިޔާކުރާ ދަރުމަވެރިންގެ ދުވަހުގެ ތަހުނިޔާ ލޭ ހަދިޔާކުރެއްވުމުގެ އިންސާނީ ޚިދުމަތުގައި ދެމިތިއްބެވި އެންމެހައި ބޭފުޅުންނަށް އަރިސްކުރަން. ތިޔަ ޚިދުމަތް އަޅުގަނޑުމެން ބަލައިގަންނަނީ ލޯތްބާއި ސާބަހާއިއެކު.
DV
0
10
5
604
STELCO
STELCO@STELCOMALDIVES·
މިރޭ ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރި ފާހަގަކުރުމަށް، މި ކުންފުނީގެ ގިނަ މުވައްޒަފުން މިއަދު އޮފީހަށް އައިސްފައިވަނީ އެ މުވައްޒަފުން ސަޕޯޓްކުރާ ޓީމުތަކުގެ ކުލަތަކުގައި. މިފަދަ ޙަރަކާތްތަކަކީ މުވައްޒަފުންގެ ރޫޙާއި ގުޅުން ވަރުގަދަކޮށް ބަދަހިކުރުމަށް ލިބޭ ފުރުޞަތެއް. #ވޯލްޑްކަޕް2026 #ބޯޅަފޯރި #ޓީމްސްޓެލްކޯ.
DV
0
15
15
2.2K
STELCO
STELCO@STELCOMALDIVES·
ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ޕީއެސްއެމް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތުގައި ބައިވެރިވުމަށް، މިކުންފުނިން މިއަދު ވަނީ ޕީއެސްއެމްއާއެކު ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް. ރައްޔިތުންނަށް ފައިދާއާއި ލާބަހުރި މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
DV
0
17
25
2.6K
STELCO
STELCO@STELCOMALDIVES·
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.
DV
1
12
16
4.2K
STELCO
STELCO@STELCOMALDIVES·
އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް ވަނީ ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރައްވާފައި. މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލި ހާލަތު ހުރިގޮތުން، ކުންފުނީގެ ރިޓަޔަރމަންޓް ހަފްލާގައި ބައިވެރިވެވަޑައިގެންނެވެން ނެތުމާއި ގުޅިގެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ މުޙައްމަދު އިބްރާހިމްގެ ގެއަށް ޒިޔާރަތްކުރައްވާ، ކުންފުނީގެ ހިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ ޝުކުރު ދަންނަވާފައި. މުޙައްމަދު އިބްރާހީމް ރިޓަރ ކުރެއްވިއިރު ހުންނެވީ މި ކުންފުނީގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރގެ މަޤާމުގައި.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
DV
1
16
23
5.8K
STELCO
STELCO@STELCOMALDIVES·
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
STELCO tweet media
العربية
0
19
22
3.8K
STELCO
STELCO@STELCOMALDIVES·
އީދު ހަވީރުގެ ދެވަނަ ދުވަހުވެސް މި ކުންފުނީގެ ސްޓޯލްތަކުގައި ކުރިއަށް ގެންދާ ކުޅިވަރުތަކާއި، ހަރަކާތްތަކަށް އާންމުންގެ ފަރާތުން ލިބިގެންދިޔަ ފޯރިގަދަ ތަރުހީބަށްޓަކައި ޝުކުރު ދަންނަވަން. މާދަމާއަކީ މި އީދު ހަވީރުގެ އެންމެ ފަހު ދުވަސް ކަމަށްވުމާއެކު، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މި ކުންފުނީގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، އަޅުގަނޑުމެންގެ މުވައްޒަފުންނާއެކު ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހައި ބޭފުޅުންނަށް ދައުވަތު އަރުވަން.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
DV
0
11
10
1.6K
STELCO retweetet
Javiyani
Javiyani@Javiyani_MV·
Take a look at the exciting atmosphere at the STELCO stall during Eid Haveeru 2026 ⚡🎉 From the popular 360 video booth to a variety of entertaining activities, the stall was packed with fun experiences and memorable moments for visitors of all ages throughout the celebration. 📸✨ @STELCOMALDIVES Telegram: t.me/JaviyaniMV
English
0
3
7
1K
STELCO
STELCO@STELCOMALDIVES·
ޢީދުގެ މުނާސަބަތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އީދު ހަވީރު"ގައި މިކުންފުނިން މި އަހަރުވެސް ބައިވެރިވެ އީދު ހަވީރުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތަށް އުފާވެރި ހިތްތަކަކާއެކު މިވަނީ ނިންމާލާފައި. އާއިލާތަކަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ދުވަހު، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބައިވެރިވެވޭނެ ތަފާތު ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންދެވިފައި.
STELCO tweet mediaSTELCO tweet mediaSTELCO tweet mediaSTELCO tweet media
DV
1
6
6
1.2K
STELCO
STELCO@STELCOMALDIVES·
ސްޓެލްކޯ ޢާއިލީ ޢީދު މަޖާ! މަޖާ ކުޅިވަރުތަކާއި ހަދިޔާތަކާއެކު މި ޢީދުގައި މުޅި ޢާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެއްވުމަށް ދަޢުވަތު އަރުވަން. ޢީދު ހަވީރު 1447 | 27-29 މޭ 2026 | 16:00 - 18:00 | ހުޅުމާލެ، ސެންޓްރަލް ޕާކް
DV
0
13
9
2.3K
STELCO
STELCO@STELCOMALDIVES·
މި ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ޢީދު މުބާރަކް!
DV
0
8
13
1.4K
STELCO
STELCO@STELCOMALDIVES·
ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮ އެދުންތައް އެންމެހައި މުސްލިމު އަޚުންނާއި އުޚްތުންނަށް އަރިސްކުރަން. މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރާ އެންމެހައި މުސްލިމުންނަށް މަބްރޫރް ޙައްޖެއް މިންވަރުކުރައްވާށި. އަދި މި ދުވަހުގެ ބަރަކާތް އެންމެހައި މުސްލިމުންނަށް މިންވަރުކުރައްވާށި. އާމީން
STELCO tweet media
DV
1
14
13
902