STELCO
5.8K posts

STELCO
@STELCOMALDIVES
State Electric Company Ltd; Emergency Hotline : 104; Contact Center: 1545
Ameenee Magu, Male', Maldives Katılım Aralık 2014
179 Takip Edilen26.5K Takipçiler
STELCO retweetledi

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޕީއެލްސީ ސޮފްޓްވެއަރ އަދި ފާމްވެއަރ އަޕްޑޭޓް ކުރުމަށްފަހު ދިމާވި މައްސަލަތަކެއްގެ ސަބަބުން: ސްޓެލްކޯގެ އެމްޑީ
@STELCOMALDIVES
DV

މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ސަބަބަކާ ހެދި ކަރަންޓުގެ ހިދުމަތް ނުލިބޭނަމަ އަޅުގަނޑުމެންގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރ 1545 ކަށް ގުޅުއްވާ. ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
DV

ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ދަނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރެވެމުން. ގްރިޑް އެނަޖައިޒް ކުރެވުމާއެކު، ހިިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
DV

ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިންގ މަސައްކަތް، މާތްﷲގެ އިރާދަފުޅާއެކު މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ވަނީ މިއަދަށް ނިންމާލެވިފައި. ރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި މި މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި މި ކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ.




DV

ހުޅުމާލެ 50 މެގަވޮޓް އިންޖީނުގޭގެ އިންޖީނުތައް އަޕްގްރޭޑިންގ މަސައްކަތައް ނިއްވާލުމަށްފަހު އަލުން ހިންގުމަށް މިހާރު ދަނީ ތައްޔާރުވަމުން. މާތްﷲގެ އިރާދަފުޅާއެކު އަޕްގްރޭޑިންގެ މަސައްކަތްތައް ދަނީ އިތުރު މައްސަލައެއް ކުރިމަތި ނުވެ، ރޭވިފައިވާ ތާވަލާއި އެއްގޮތަށް. މި މަސައްކަތުގެ ތެރެއިން މިހާތަނަށް މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެއް ނުވޭ. މި މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު ވީއެންމެ އަވަހަކަށް އިންޖީނުގެ އަލުން އާންމު ހިދުމަތަށް ގެނެވޭނެ.
DV

"މިވަގުތު 50 މެގަވޮޓް އިންޖީނުގޭގެ ހުރިހާ އިންޖީނެއް ނިއްވާލައި، އަޕްގްރޭޑިންގ މަސައްކަތްތައް ދަނީ ކުރިއަށް. މިވަގުތު މާލޭގެ ލޯޑް ހުރީ 76 މެގަވޮޓްގަ. އެހެންނަމަވެސް މާލެ އަދި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ މި މަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް އެބަ ގެންދެވޭ" - މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު
DV

ހުރާގެ ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާއި މިކުންފުނިން ހަވާލުވުމަށްފަހު، އެ ރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، އިންފްރާސްޓްރަކްޗަރ އަޕްގްރޭޑްކޮށް މަރާމާތުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރު މުއްދަތެއްގެ ތެރޭގައި ހުރާގެ އާރުއޯ ޕްލާންޓްގައި 40 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް މިހާރު ވަނީ ބޭނުންކުރަން ފަށާފައި. މިއީ ސަރުކާރުގެ އަމާޒަށް ވާސިލްވުމުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް.




DV


