
Navin Ali
13K posts










انالله واناالیه راجعون މި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަޤާމުގައި ހުންނެވި ޢަލީ ޒުބައިރު، ވަރަށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ މި ކައުންސިލަށާއި ކައުންސިލްގެ އެންމެހައި މުއައްޒަފުންނަށް ލިބުނު ވަރަށް ފުން ހިތާމައާއެކެވެ. ޒުބައިރަކީ، އެ މަނިކުފާނާ ޙަވާލުކުރެވުނު ކޮންމެ މަސައްކަތެއް، ވަރަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭހިތްތަވައިގެން، އެކަމަށް ވަގުތު ދެއްވައިގެން ކުރައްވަމުންގެންދެވި، ވަރަށް ނަމޫނާ ބޭފުޅެކެވެ. އެންމެނާ ގުޅޭ، ވަރަށް މަޑުމައިތިރި މިޒާޖެއްގެ ވެރި ޒުބައިރުގެ ކުއްލި ވަކިވެދިއުމަކީ، މި ކައުންސިލަށް ލިބިގެންދިޔަ ފޫބައްދަން ދަތި ގެއްލުމެކެވެ. މި ހިތާމަވެރި ދަނޑިވަޅުގައި، ޒުބައިރުގެ ފުރާނަފުޅު، މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި، ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ޒުބައިރުގެ ބޭފުޅުންނަށާއި އާއިލާގެ އެންމެހައި ބޭފުޅުންނަށާއި ރަޙުމަތްތެރިންނަށް، މާތް ﷲ ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.























