
ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލީސް ގެ ވަރަށް ގިނަ މެންބަރުންނާ މިއަދު އަޅުގަނޑާ ބައްދަލުވެ މަސްވަރާ ކުރެވުނު..އެބޭފުޅުންގެ ވިސްނުންހުރީ ވީހާވެސް އަވަހަކަށް މިސަރުކާރުގެ ވަކިތަކުން މިންޖުވާނޭ ގޮތްތަކެއް ހޯދުން..ޕީޖީ ލީޑަރު ފަލާހު ވިދާޅުވާހާ ގޮތަކަށް ދެން އަމަލު ނުކުރައްވާނޭ ކަމަށާއި ކުރިމަތީގައި ބަސް ބުނާނޭކަމަށް ބައެއް މެންބަރުން ވިދާޅުވި.އަދި މަޖިލީސް އަށް ސަރުކާރުގެ ފަރާތުން ފޮނުވާހާ ބިލަކަށް ދެން ވޯޓު ނުދެއްވާނޭ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވި..ޕާޓީން ވަކިކުރީމައި ގޮޑި ގެއްލޭގޮތަށް އޮތް އިސްލާހު އަށް އެއިރު ވިސްނާނުލާ ވޯޓު ދެވުނީތީ މިއަދު ހިތާމަ ކުރައްވާ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވި..މާދަމާ ސްޕްރީމް ކޯޓުން ރަނގަޅު ގޮތަކަށް ހުކުމް އަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށްވެސް ގިނަ މެންބަރުން ވިދާޅުވި..ޕީޖީ ގްރޫޕް މީޓިންއެއް ބާއްވަވަން ޕީޖީ ލީޑަރު އުޅުއްވި ވާހަކަ އާ އެކަމުގައި މެންބަރުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތްކަމަށް މެންބަރުން ވިދާޅުވި..މީގެ އިތުރުން ތިމަންނާމެން މިހެން ތިބެއްޖެ ނަމަ ޕީއެންސީ ގެ އެއްވެސް މަޖުލީސް މެންބަރަކަށް ދެން ދެވަނަ ދައުރެއް ނުލިބޭނެކަމަށްވެސް މެންބަރުން ވިދާޅުވި.. މީގެ އިތުރުން މެންބަރު ޝިނާނުގެ ގޮޑި ގެއްލުމާ ގުޅިގެން ޕީޖީ ގްރޫޕުން ވަކިވުމުގެ ކުރިން މެސެޖެއް ކުރައްވާފައިވާ ކަމާ ދެން އެގޮޑިއަށް ޕީއެންސީ ގެ މެންބަރަކު ނުހޮވޭނެކަމަށްވެސް މެންބަރުން ވިދާޅުވި...އިންތިހާބައްފަހު ސަރުކާރު ތެރެ އެއްކޮށް ރޫޅިއްޖެކަމަށް މެންބަރުން ވިދާޅުވި..ރައްރަށުގެ ސްޓެއަރިން ކޮމެޓީތަކަށް ރައީސް ޑރ.މުއިއްޒު ހުރިހާ ބާރުތަކެއް ދެއްވައިގެން ކުންފުނިތަށް ބޭނުންކޮށްގެން ބޮޑެތި ޖަރީމާތަށް ހިންގެވީމައި އޭގެ ހިތި މިހާރު ފެނިވަޑައިގަންނަވާނޭކަމަށް ހުރިހާ މެންބަރުން ވިދާޅުވި..މީގެ އިތުރުން ރައްޔިތުންގެ މަޖުލީސް މެންބަރުންނާ މެދު މިހާ ނިކަމެތިކޮށް ދެކުނު ރައީސެއް ، ސަރުކާރެއް އަދި ނުދެކޭކަމަށް ވެސް އެބޭފުޅުން ވިދާޅުވި..އަމިއްލަގޮތުން ހޮވުނު ގިނަ މެންބަރުން ޕީއެންސީ އަށް ސޮއި ކުރުވީ ފައިސާގެ ބޮޑެތި އަދަދުތަށް ދެއްވާނެކަމަށް ވިދާޅުވެގެންކަމާ އޭގެތެރެއިން ގިނަ މެންބަރުންނަށް އަދިވެސް ފައިސާ ނުދެއްވާކަމަށް އެބޭފުޅުން ވިދާޅުވި..މީގެ އިތުރުން މާބޮޑު ބާރެއް ލިބިގެން އުޅުއްވި ޕީޖީ ލީޑަރު ފަލާހު އާ އިތުރު ދެތިން މެންބަރަކަށް ހުރިހާ މަންފާއެއް ލިބޭކަމާ ދެންތިއްބެވި މެންބަރުންނަށް ފަނިފޮދު ޖައްސަވަނީކަމަށްވެސް އެބޭފުޅުން ވިދާޅުވި..ކޮންމެ ދުވަހަކު މަޖުލީސްގައި އަދި އެކިއެކި ޕޯޑިއަމްތަކުގައި ޕީޖީ ލީޑަރު ފަލާހު އާ ޝުޖާ ދައްކަވާ ވާހަކަތަށް މިހާރު ރައްޔިތުން ގަބޫލު ނުކުރާ ކަމާއި އޭގެ ޖަވާބު ރައްޔިތުން އެވަނީ ބޮޑު ތަނުން ނޫނެކޭ ބުނެފައި ކަމަށްވެސް ވިދާޅުވި..ދޮގުބުނުމާއި އޮޅުވާލުން ހައްދުން ނައްޓާފިކަމަށާއި މީގެ އިތުރުންވެސް ވަރަށް ގިނަ ވާހަކަތަށް އެބޭފުޅުން ހިއްސާ ކުރެއްވި.. @highlight @AdhadhuMV @HKurusee @MDPSecretariat @psmnewsmv @raajjemv @sunbrk @Ch13official @rasonlinemv @raees_muizzu @mvpeoplesmajlis @IbrahimFalahR @fiyesonline @MPMohdIsmail
















