Dhivehi Channel

11.2K posts

Dhivehi Channel banner
Dhivehi Channel

Dhivehi Channel

@DhivehiChannel

We provide unbiased news, reports on social issues, Infotainment & more. Contact: [email protected] Medianet Channel 114

Katılım Eylül 2017
70 Takip Edilen4.8K Takipçiler
Dhivehi Channel
Dhivehi Channel@DhivehiChannel·
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި ވާދަކުރަމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި. އީސީން ބުނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން،އެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށް.
Dhivehi Channel tweet media
DV
0
0
0
4
Dhivehi Channel
Dhivehi Channel@DhivehiChannel·
އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމަށް ޙުސެއިން ފަހުމީ އައްޔަންކުރައްވައިފި. ޕީސީބީން މިއަދު މިކަން އިުލާންކޮށްފައިވާއިރު ކުރިން އެ މަޤާމުގައި ހުންނެވި އަބްދުލްމަތީން މުޙައްމަދު ވަނީ އާދީއްތަ ދުވަހު އިސްތިއުފާދެއްވާފަ. ކުރިން ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ފަހުމީ ފަހުން ހުންނެވީ އެ މަޤާމުން ވަކިކޮށް ރައީސްއޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައި.
Dhivehi Channel tweet media
DV
0
0
0
22
Dhivehi Channel
Dhivehi Channel@DhivehiChannel·
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެއްޖެ. މިކަން ހާމަކުރައްވަމުން އިގްތިޞާދީ ވަޒީރު ސަޢީދު މިއަދު ވިދާޅުވީ ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް 3 މަސްދުވަހަށްޝެޑިއުލް ދަތުރުތައްވެސް ހަމަޖެހިފައިވާ ކަމަށް. ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރުތައްވެސް މިހާރު ރާއްޖެއަށް ގެންނަމުންދާކަމަށާއި އެގޮތުން މިދިޔަ ހަފްތާގައި ލަންކާގައި 4241 ކޮންޓެއިނަރު ހުރިއިރު މިހާރު ހުންނާނީ 1741 ކޮންޓެއިނަރުކަމަށްވެސް ވަޒީރު ވިދާޅުވި.
Dhivehi Channel tweet media
DV
0
0
0
16
Dhivehi Channel
Dhivehi Channel@DhivehiChannel·
އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮށި ބަހައްޓަން އީސީން ނިންމައިފި. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގަ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން ވަނީ ނިންމާފަ.
Dhivehi Channel tweet media
DV
0
0
0
62
Dhivehi Channel
Dhivehi Channel@DhivehiChannel·
ޔޫއޭއީގެ ފްލައި ޑުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެ. މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއް. މިއީ އާންމުކޮށް ކުރާ ކާގޯ ދަތުރުތަކެއް ނޫން. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16އިން 29ވަނަ ދުވަހުގެ ނިޔަލަށް.
Dhivehi Channel tweet media
DV
0
0
0
72
Dhivehi Channel
Dhivehi Channel@DhivehiChannel·
މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުން މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި. ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މިއީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށާއި، މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލާކަމަށް. މި ބަޔާނުގައި ރާއްޖެއިން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަން ފާހަގަކޮށް، އެ ރަށްތައް ލިބުން ޙައްޤީ ރާއްޖެއަށްކަން ފާހަގަކޮށްފައި.
Dhivehi Channel tweet media
DV
0
2
2
207
Dhivehi Channel
Dhivehi Channel@DhivehiChannel·
މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ %39 އިތުރުވެއްޖެ. އެގޮތުން މިއަހަރު ލިބިފައިވާ 735 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރު ލިބުނު 528 މިލިއަނާ އަޅާބަލާއިރު %39 އިތުރު އަދަދެއް.
Dhivehi Channel tweet media
DV
0
0
0
47
Dhivehi Channel
Dhivehi Channel@DhivehiChannel·
ރޭ ކ. ހުރާގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި. އެންޑީއެމްއޭއިން ބުނީ ރޭ ދަންވަރު ހުރާ "ނޫފަރު" ގޭގައި ރޯވި ހަދިސާގައި އެ ގެ ބޭނުން ނުކުރެވޭވަރަށް އަނދައިފައިވާކަމަށް. މި ޙާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ހާދިސާގެ ސަބަބުން ނަފްސާނީގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ކ. ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފަ.
Dhivehi Channel tweet media
DV
0
0
0
87
Dhivehi Channel
Dhivehi Channel@DhivehiChannel·
އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ފްލެޓްތައް ހުންނަ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ. މި މަސައްކަތުގެ 9 ފިޔަވަހީގެ ތެރެއިން 6 ފިޔަވަހި މިހާރު ވަނީ ނިމިފައި. މަގުތަކުގައި ބައްތި ޖެހުމާއި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ވަނީ %85 ނިމިފައި.
Dhivehi Channel tweet media
DV
0
1
1
53
Dhivehi Channel
Dhivehi Channel@DhivehiChannel·
"ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" ސްކީމްގެ ދަށުން ޑިޕްލޮމާ 7 ކޯހަކާއި ބެޗްލަރސް ޑިގްރީގެ 3 ކޯހަކުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި. މި ކޯސްތަކުގައި 24 ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލަފަ. ކޯސްތަކުގައި ބައިވެރިވެވޭނީ އެމްކިއުއޭގެ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވަރކް" ގެ މިނިމަމް އެންޓްރީ ރިކުއަމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް.
Dhivehi Channel tweet media
DV
0
0
0
44
Dhivehi Channel
Dhivehi Channel@DhivehiChannel·
ޞިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެވުނު. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނެ. މިއީ ހިސާބުކުރެވިގެން ބަޖެޓްކުރެވިގެން ކުރެވޭ މަސައްކަތެއް: ހެލްތް މިނިސްޓަރ ނާޒިމް
Dhivehi Channel tweet media
DV
0
0
0
51