
ވ. އަލިމަތާ ކައިރިން ގެއްލުނު ޑައިވަރުން ހޯދުމަށް ފެށި އޮޕަރޭޝަނުގައި ޑައިވް ކުރަނިކޮށް، ހާލުދެރަވެ، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން އަސަރާއި ހިތާމައާ އެކުއެވެ. ދިވެހި ޤައުމުގެ ޚިދުމަތުގައި، ދިވެހި ދައުލަތުގެ ޝަރަފުގައި ދެމިހުންނަވަނިކޮށް އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ އަގުހުރި، ނަމޫނާ ސިފައިންގެ ބޭކަލެކެވެ.
މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، މި ހިތްދަތި ވަގުތުގައި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން.

DV













