Sabitlenmiş Tweet
محمد طائف 🇲🇻🇵🇸
9.3K posts

محمد طائف 🇲🇻🇵🇸 retweetledi

4 ރަށެއްގެ ޢުމްރާނީ ތަރައްޤީގެ 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މަޝްރޫޢުތައް:
- ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު
- މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
- ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު
- ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޡިމް ބައިވެރިވެވަޑައިގެންނެވިއެވެ.




DV
محمد طائف 🇲🇻🇵🇸 retweetledi

On World Autism Awareness Day #WAAD, the Maldives stands with individuals with autism and their families across our islands.
#Autism is part of the rich diversity of our communities, and every individual deserves understanding, respect, and equal opportunities to learn, grow, and participate fully in society. From our homes and schools to our workplaces and public spaces, fostering inclusion begins with awareness, compassion, and meaningful action.
By supporting early intervention, inclusive education, community acceptance, and in opportunities to develop their skills, talents, and livelihoods, we strengthen not only individuals with autism, but also the social fabric of our nation. Our Government has taken important steps to strengthen inclusive education frameworks in schools, expand vocational training, and address different challenges faced by autistic people.
Let us continue to stand for dignity, acceptance, and equal opportunity, so that everyone can live with respect, purpose, and true sense of belonging.
#WorldAutismAwarenessDay
English
محمد طائف 🇲🇻🇵🇸 retweetledi

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްއާއެކު ސޮއިކޮށްފިއެވެ.
ސޮއިކުރެވުނު މަޝްރޫޢުތައް:
- ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްކުރުން
- ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުން
- ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރު މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން
- ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުަސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.
މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެވަޑައިގެންނެވިއެވެ.




DV
محمد طائف 🇲🇻🇵🇸 retweetledi
محمد طائف 🇲🇻🇵🇸 retweetledi

Why the Maldives Should Hold Presidential and Parliamentary Elections on the Same Day linkedin.com/pulse/why-mald…
English
محمد طائف 🇲🇻🇵🇸 retweetledi

މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް. ދިވެހި ފުލުހުންގެ ދުވަސް.
މި ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވަން.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން. މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުން.

DV
محمد طائف 🇲🇻🇵🇸 retweetledi

ހއ. މުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަދި ހއ. ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
މިކަމަށްޓަކައި ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.



DV
محمد طائف 🇲🇻🇵🇸 retweetledi

On Bangladesh’s Independence Day, I am delighted to convey heartfelt greetings of the day to HE President Mohammed Shahabuddin, HE Prime Minister @trahmanbnp, the Government and the friendly people of Bangladesh. I have no doubt that the celebrations of this momentous day in Bangladesh’s history, one that so deeply underscores freedom and hope for the future, will be a source of motivation for all Bangladeshis to strive for the continued betterment of their country.
The Maldives considers Bangladesh a trusted neighbour and development partner. Our close people-to-people exchanges have long defined our partnership and contributed to our mutual progress, and I am pleased to reflect on the positive work we have been doing to strengthen our cooperation.

English
محمد طائف 🇲🇻🇵🇸 retweetledi

As we mark #WorldTBDay, we are reminded that tuberculosis continues to affect millions worldwide, despite being preventable and curable. Today, we recognize the importance of strong health care systems, early detection, and community participation in ending this disease.
The Maldives remains proud to be a low TB burden country and continues to strengthen early detection, improving access to rapid diagnostics and treatment, and ensuring that the vulnerable populations receive the care they need. Let us reaffirm our commitment to protecting public health by working collectively with our health workers and communities to move closer to a future free from tuberculosis.

English
محمد طائف 🇲🇻🇵🇸 retweetledi

ތިނަދޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުންނާއި، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމު ބައިވެރިވެ ވަޑައިގެންނެވިއެވެ.




DV
محمد طائف 🇲🇻🇵🇸 retweetledi

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ހުޅުމާލޭ ފޭސް ތިނެއްގައި ޤާއިމުކުރާ 1,224 ހައުސިންގ ޔުނިޓު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫޢަކީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިނިސްޓަރުގެ އަރިހުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއެންހުވާ، ބީ.އެމް.އެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ސީ.އީ.އޯ އަދި އެމް.ޑީ މުޙަައްމަދު ޝަރީފް، ބީ.އެމް.އެލް-އޭ ގެ އެމް.ޑީ ޙަސަން ޝާމް، އަދި ސީ.އެމް.އީ.ސީ ގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.




DV
محمد طائف 🇲🇻🇵🇸 retweetledi
محمد طائف 🇲🇻🇵🇸 retweetledi

ޢީދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަގާފަތާއި ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބާއެއް.
މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އަޅުގަނޑުގެ އުންމީދު. ކާބަފައި ޒަމާނުއްސުރެ ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެ.
ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިޚްލާޞްތެރިކަމާއެކު އަރިސްކުރަން. ޢީދު މުބާރަކް!
DV
محمد طائف 🇲🇻🇵🇸 retweetledi

މިހާ ގިނަ ދުވަސްވެފަ ހުރި މިސްކިތެއް ތަޅާލުން ރަނަގަޅެއްނޫން
މީ އާސާރީ ތަރިކައެއް
Mohamed Shaheem Ali Saeed@Mohamedshaheem1
މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ މިސްކިތެއް އެޅުމަށްޓަކައި މިރޭ 9.30 ގައި ބިންގާ އަޅާނެ. އަދި ރޯދަ މަސްފަހުން ވަގުތީ މިސްކިތް ތަޅާލާނެ. މި މަޝްރޫޢަށް ފަންޑު ކުރަނީ ހެޔޮ އެދޭ ފަރާތަކުން. މިތަނުގައި ބިނާކުރަނީ 3 ބުރީގެ މިސްކިތެއް. ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ލިފްޓް ވެސް ބެހެއްޓޭނެ. އިންޝާ ﷲ. އަމާޒަކީ ދޮޅުއަހަރުން މި މަޝްރޫޢު ނިންމުން.
DV
محمد طائف 🇲🇻🇵🇸 retweetledi

ތިހެން ހުރެފަ ވަރަށް ގިނަމީހުނައް ހަޑިއޭ ބުނުމަކުން ކަމަކު ނުދާނެ
ވަރަށް ގިނަ މީހުނަކީ ކިތައް މީހުންތޯ؟
އާބާދީގެ ކިތައް ޕަސެންޓްތޯ؟
އެމީހުނައް އެހަޑި ވަނީ ކީއްވެތޯ؟
ޖަލީލު ކިހިނެއްހެދި ރިސާޗެއްތޯ؟
މި ހުރިހާ އެއްޗަކައް ޖަވާބުނެދެވެންޔާ ބުނާނީ މަށައްވަރަށް ހަޑިޔޭ މާބޮޑައް އެދުރު ހެދިގެން އުޅުނީމަ ބޭލޭނި ލައިން ތިއުޅޭ ރަނޑާލި ސޯޓު
DV

ނޭންގޭ ކަމެއް ނުބެހޭ ކަމެއް ހަމަ އެއްކަމެއްވެސް ނެތީއޭ
މީނަ އަކީ އާކިޓެކްޓެއް، އިންޖީނިއަރެއް،ޑޮކްޓަރެއް ހާއްސަކޮއް މީނަ އަކީ މީ ރނޑ އެއް
Luke@lucasjalyl
Ugly big structure. Should make a landmark building showing a fish or bird
DV
محمد طائف 🇲🇻🇵🇸 retweetledi

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައި
އިއުލާނު: gazette.gov.mv/iulaan/384429
ފޯމު ހުށަހެޅުމަށް: boahiyaavahikan.housing.gov.mv

DV
محمد طائف 🇲🇻🇵🇸 retweetledi

ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝަމީޒް ބައިވެރިވެވަޑައިގެންނެވިއެވެ.




DV



