Affan Nashid retweetledi

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ސަބަބު ނޫހުގެ ލިޔުންތެރިޔާ އަހްމަދު މުންޤިޛު (ޑޭލައިޓް/ ސ. މީދޫ) ނިޔާވުމާއި ގުޅިގެން، އެ މަރްޙޫމްގެ ޢާއިލާއަށާއި ލޮބުވެތި އެންމެހާ ރަހްމަތްތެރިންނަށް ސަބަބު ނޫހުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.
މަރްޙޫމް އަހްމަދު މުންޤިޛަކީ ސަބަބު ނޫހަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، ޤާބިލު ލިޔުންތެރިއެކެވެ. އޭނާގެ ގަލަމުން އުފެއްދި ތަފާތު ލިޔުންތަކަކީ ގިނަ ބަޔަކަށް މަޢުލޫމާތާއި އުނގެނުމުގެ ދޮރު ހުޅުވައިދިން އަގުހުރި ތަރިކައެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ، މަރްޙޫމް އަހްމަދު މުންޤިޛުގެ ފާފަތައް ފުއްސަވައި، ކައްވަޅުގެ ޢަޛާބުން ސަލާމަތްކުރައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމެވެ. އަދި މި ދަތި ވަގުތުގައި އެ މަރްޙޫމްގެ ޢާއިލާއަށާއި ލޮބުވެތި އެންމެހާ ރަހްމަތްތެރިންނަށް ކެތްތެރިކަން ދެއްވުމެވެ.

DV

































