Uthuru ThilaFalhu Union

160 posts

Uthuru ThilaFalhu Union banner
Uthuru ThilaFalhu Union

Uthuru ThilaFalhu Union

@utfunion

Applicants' union for UTF social housing

Katılım Nisan 2025
391 Takip Edilen235 Takipçiler
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
ރަސްމާލޭގެ ނަމުގައި ކުރާ ބޮޑު އިސްރާފާ ދެކޮޅަށް ތެދުވުމަށް ޔޫޓީއެފް އިން ގޮވާލައިފި fiyes.mv/3951
DV
0
2
4
254
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
ކުރީ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ 2 ވަނަ ސްކީމަށް ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން. ބިންވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަވާ ގެޒެޓްގެ ލިންކް ހިއްސާކޮށްފއި ވާނެ އެވެ. ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހަޅާފައިވަނީ 21247 އާއިލާއިން ކަމަށާ، ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިން ކަމަށް ވާއިރު، ޖުމުލަ 40،594 އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ. ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް ކަން ބަޔާންކޮށް ޔޫޓީއެފް އިން ބުނެފައި ވަނީ، ދެވަނަ ސްކީމުގެ 14300 ގޯއްޗާއި 18150 ފުލެޓް ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތްތައް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ރައްޔިތުންގެ މުދަލުން އިސްރާފުކުން ކަމަށް އެ ޔޫނިއަން އިން ދެކޭ ކަމަށެވެ. އަދި ކުރީ ސަރުކާރުން އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމާފައިވަނީ 645 ހެކްޓަރުގެ ބިން ކަމަށާ، އަދި އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ޖުމުލަ 1050 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރިކަމަށް ކުރީ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޔުޓީއެފް އިން ބުނެފައި ވެއެވެ.
DV
1
5
18
26.6K
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރތިލަފަޅުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ 50،000 އާއިލާއަށް އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެފައިވާ ވައުދު ފުއްދުމަށް ފޭސް 3 ޔޫނިއަން އިން ގޮވާލައިފި. އަދި މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކުރުމަށް ގޮވާލަން. މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، ދެވަނަ ފުރުސަތުގައި ފުލެޓާއި، ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް. މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟
DV
1
17
30
22.4K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ހުޅުމާލޭ ފޭސް-3 ގެ ގޯތިތަކުގެ ރަޖިސްޓަރީތައް ބާތިލްކުރުން ގާނޫނާ ހިލާފު. މި ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި ބިންތައް ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް – ފޭސް-3 ޔޫނިއަން
DV
0
11
10
465
Uthuru ThilaFalhu Union retweetledi
Fahi Union
Fahi Union@fahiunion·
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދާ ނުދޭނެ! raajje.mv/168570
DV
2
12
11
945
Uthuru ThilaFalhu Union retweetledi
Fiyes
Fiyes@fiyesonline·
ފްލެޓު އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް ނޭނގި އެއަށް ވަނީ ބަދަލު ގެނެސްފައި. އެ އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް ހުރިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން - ފަހި ޔޫނިއަން. fiyes.mv/2403
DV
0
13
11
536
Uthuru ThilaFalhu Union retweetledi
RaajjeTV
RaajjeTV@Raajje_tv·
ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން
DV
0
6
11
1.6K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ހުޅުމާލޭ ފޭސް-3 ގެ ގޯތިތަކުގެ ރަޖިސްޓަރީތައް ބާތިލްކުރުން ގާނޫނާ ހިލާފު. މި ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި ބިންތައް ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް – ފޭސް-3 ޔޫނިއަން
DV
0
8
9
494
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކުރުމަށް ގޮވާލަން. މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، އެ ފުރުސަތުގައި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް. މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟
DV
0
9
7
520
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ކުރީ ސަރުކާރުގެ ސްކީމަށް ލީ ފޯމުތައް އިވެލުއޭޓްނުކޮށް، އާ ސްކީމުން ފުލެޓް ދޫނުކުރަން ގޮވާލައިފި sun.mv/217318
DV
0
5
6
247
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ބީއެމްއެލްގެ އަގުހެޔޮ ފްލެޓް މަޝްރޫއު ނަމުގައި ފެށި ފުލެޓް ތަކަށް ފޯމް ހުށަހެޅޭނީ 60،000 ރުފިޔާގެ އާމުދަނީން މަތީގެ އާމްދަނީލިބޭ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި. ބީއެމްއެލްގެ ފްލެޓް އަޅަން މިސަރުކާރުން ހަވާލުކުރި ބިންތަކަކީ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް ކަނޑާ ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ބިންތަކެވެ.
DV
1
30
33
13.9K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ހުޅުމާލޭ ފޭސް 3 ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ހުޅުމާލޭ ފޭސް-3 ގެ ގޯތިތަކުގެ ރަޖިސްޓަރީތައް ބާތިލްކުރުން ގާނޫނާ ހިލާފު. މި ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި އަގުބޮޑެތި ބިންތައް ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް . އަދި މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ފުރަތަމަ ސްކީމުގެ 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، އަދި ދެވަނަ ސްކީމުގައި ފިލެޓާއި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް މިސަރުކާރުން ހިފަހައްޓާފައި ވާކަމަށެވެ. "އެހެންވީމާ އަލުން ރައްޔިތުންނަށް ތަކުލީފު ނުޖައްސާށޭ، އެ ފޯމުތައް އިވެލުއޭޓްކޮށް ނިންމާށޭ، އެއީ އަޅުގަނޑު މި ދައްކާ ވާހަކައަކީ، އެހެންވީމާ އަޅުގަނޑުމެން މި ގޮވާލަނީ މި ސަރުކާރަށް އިތުރަށް ރައްޔިތުންނަށް ތަކުލީފު ނުޖައްސައި، ދެވަނަ ބުރުގައި ހުށަހަޅައިފައި ހުރި ފޯމުތައް، 41،000 އަށް ވުރެ ގިނަ ފޯމު އަލުން އިވެލުއޭޓްކޮށްފަ، ކުރީ ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލާު އެއްގޮތަށް ފުލެޓާއި ގޯތި ދިވެހިންނަށް ހަވާލުކުރަން،" ޢަލީ ވިދާޅުވިއެވެ. "މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟" ޢަލީ ސުވާލު އުފެއްދެވިއެވެ.
DV
4
16
24
15K
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް ކަމެއް. fiyes.mv/3891
DV
7
40
53
33.7K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން ހުޅުމާލެ އާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އަދި އުތުރުތިލަފަޅުން ދިނުމަށް ނިންމާފައިވާ 18150 ފުލެޓަށް 21247 ފޯމް ހުށަހަޅާފައިވެއެވެ. ފޯމް ހުޅަހެޅި ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަިވާ ސަރުކާރު ގެޒެޓްގެ ލިންކް މިއެކައުންޓުން ފެނިލައްވާނެ. އަދި ގޯއްޗާއި ފުލެޓްގެ ލިސްޓް ޑައުންލޯޑް ކުރެވޭނެ! ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިންނެވެ. ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހެޅީ 21247 އާއިލާއިންނެވެ. ޖުމުލަ 40،594 އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ. ވީމާ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން. ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ކަމުގައިވާ ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް. ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް. ދެވަނަ ސްކީމުގެ 14300 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެ ކުރަމުންދަނީ ބޮޑުއިސްރާފެއް ކަމަށް ދެކެން. އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން އިތުރަށް ބިންހިއްކައިގެން 1050 ހެކްޓަރުގެ ބިން އިތުރުކުރަން ކުރީ ސަރުކާރުން ޕްލޭންކޮށްފައި ވެއެވެ. ފުށިދިއްގަރު ފަޅަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ މިސަރަހައްދަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފުލެޓްގެ އިތުރުން އިތުރ 25 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން. އަދި މި ސަރަހައްދަކީ އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މި ކަމަށް އިސްކަން ދިނުމަށް ރައީސް މުއިއްޒަށް އާދޭހާއިއެކު އިލްތިމާސް ދަންނަވަން.
Hulhumalé Phase 3 Union tweet mediaHulhumalé Phase 3 Union tweet mediaHulhumalé Phase 3 Union tweet mediaHulhumalé Phase 3 Union tweet media
DV
4
38
61
61.4K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަށް، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރުމަށް މިސަރުކާރުން އަމާޒު ހިފާފައި ވާއިރު، 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ، ފުރަތަމަ ފިޔަވަހީގެ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއެބަ އޮތް ކަމަށާ، އެހެންކަމުން ރަސްމާލެ މަޝްރޫއަކީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ މަޝްރޫއެއް ކަމަށެވެ. 52 ހާސް އާއިލާއެއްގެ 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ގުޅިމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް، އެމްޑީޕީން ސަރުކާރަށް ގޮވާލައިފި. 600 ނިލިއަން ދޮލަރު ހަރަދުބޮޑު ހަރަދެއް ކުރަންޖެހޭ ގުޅިމާލެ ހިއްކުމަށް ވުރެން، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ގޮވާލަން" މި ސަރަހައްދަކީ މުސްތަގްބަލުގައި އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މިއީ 8 ލައްކަ މީހުން އާބާދު ކުރުމުގެ ފުރުސަތުއޮތް ސަރަހައްދެއް ކަމަށް ވުމުން އެކަމަށް އިސްކަން ދެއްވުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި.
DV
2
19
25
15.5K
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
ފުށި ދިއްގަރުފަޅު ހިއްކުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެކުރަނީ އިސްރާފު ކަމަށާއި އެއީ ބޮޑުވެގެންވާ ހިޔާނާތެއްކަމަށް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. fiyes.mv/3878
DV
9
18
33
23K
Uthuru ThilaFalhu Union retweetledi
Hulhumalé Phase 3 Union
Hulhumalé Phase 3 Union@phase3union·
ފުށިދިއްގަރު ފަޅަކީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފަޅަކެވެ. ބިންވރިޔާ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ ފޯމް އިވެލުވޭޓް ނުކޮށް ރަސްމާލެ ނަމުގައި ހިއްކާ ގުޅިމާލެ އިން ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ހުޅުވާލީ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 މީހުންނާއި ފުރަތަމަ ސްކީމުގައި ފުލެޓަށް ޝަރުތުހަމަވި 13763 މީހުންގެ ތެރެއިން ބާކީތިބި 9763 މީހުން ފުށިދިއްގަރުފަޅު ނުވަތަ ގުޅިމާލެ ގެންދިއުމަށެވެ. ވީމާ ކުރީސަރުކާރުގެ ބިންވެރިޔާ އާއި ގެދޮރުވެރިޔާގެ 2 ސްކީމުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ފުށިދިއްގަރުފަޅު ނުވަތަ ގުޅިމާލެ އަށް ފޯމް ހުށަނޭޅުމަށް ގޮވާލަން. ފުށިދިއްގަރުފަޅު ގުޅިމާލެ އަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ އުތުރުތިލަފަޅާއި، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅީފަޅަކީ ކުރީ ސަރުކާރުން 645 ހެކްޓަރުގެ ބިން ހިއްކައިގެން ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ 23303 ގޯއްޗާއި 30100 ފުލެޓްގެ އިތުރުން، އިތުރު 205 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރު 25 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން. fiyes.mv/3951
DV
7
21
38
30.8K
Uthuru ThilaFalhu Union
Uthuru ThilaFalhu Union@utfunion·
ބިންވެރިޔާ ސްކީމްގެ ހައްގުވެރިން މަގުމަތިކޮށް، ރަސްމާލޭގެ ނަމުގައި ހިންގާ ބޮޑު އިސްރާފާ ދެކޮޅަށް ތެދުވުމަށް ގޮވާލައިފި.
DV
2
16
20
10.5K