Hulhumalé Phase 3 Union
158 posts

Hulhumalé Phase 3 Union
@phase3union
Applicants' union for Hulhumale Phase 3 social housing
เข้าร่วม Temmuz 2025
484 กำลังติดตาม243 ผู้ติดตาม

ހުޅުމާލޭ ފޭސް-3 ގެ ގޯތިތަކުގެ ރަޖިސްޓަރީތައް ބާތިލްކުރުން ގާނޫނާ ހިލާފު. މާލެ އާއި އެހެން ރަށްރަށުގެ ލޭންޑަޔޫސް ޕްލޭނަށް ބަދަލުގެންނަ ކޮންމެ ފަހަރަކު އެ ރަށެއްގެ ގޯތީގެ ރަޖިސްޓްރީތައް ބާތިލެއް ނުކުރޭ. މި ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި ސަރަހައްދުތަކުން ލޭންޑުޔޫސް ޕްލޭން ހަދައިގެން ބިންތައް ބާކީކޮށްގެން ބިންތައް ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް . އަދި މި ވިއްކާލާ ބިންތަކަކީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވްން ސްކީމުން ގޯދިނުމަށް ކަނޑައަޅާފައިވާ ބިންތައް – ފޭސް-3 ޔޫނިއަން
DV
Hulhumalé Phase 3 Union รีทวีตแล้ว

ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރތިލަފަޅުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ 50،000 އާއިލާއަށް އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެފައިވާ ވައުދު ފުއްދުމަށް ފޭސް 3 ޔޫނިއަން އިން ގޮވާލައިފި. އަދި މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކުރުމަށް ގޮވާލަން. މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، ދެވަނަ ފުރުސަތުގައި ފުލެޓާއި، ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް. މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟
DV
Hulhumalé Phase 3 Union รีทวีตแล้ว

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް ތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހަދާ ނުދޭނެ! raajje.mv/168570
DV

ހުޅުމާލޭ ފޭސް 3 ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
ހުޅުމާލޭ ފޭސް-3 ގެ ގޯތިތަކުގެ ރަޖިސްޓަރީތައް ބާތިލްކުރުން ގާނޫނާ ހިލާފު.
މި ސަރުކާރުގެ އަމާޒުހުރީ މާލެ ސަރަހައްދުން ބުރިޖުން ގުޅާލެވެންހުރި އަގުބޮޑެތި ބިންތައް ވިއްކާލުމަށް ފަހު އޭގެން ނާޖާއިޒު މަންފާ ނެގުމަށް .
އަދި މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ފުރަތަމަ ސްކީމުގެ 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، އަދި ދެވަނަ ސްކީމުގައި ފިލެޓާއި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް މިސަރުކާރުން ހިފަހައްޓާފައި ވާކަމަށެވެ.
"އެހެންވީމާ އަލުން ރައްޔިތުންނަށް ތަކުލީފު ނުޖައްސާށޭ، އެ ފޯމުތައް އިވެލުއޭޓްކޮށް ނިންމާށޭ، އެއީ އަޅުގަނޑު މި ދައްކާ ވާހަކައަކީ، އެހެންވީމާ އަޅުގަނޑުމެން މި ގޮވާލަނީ މި ސަރުކާރަށް އިތުރަށް ރައްޔިތުންނަށް ތަކުލީފު ނުޖައްސައި، ދެވަނަ ބުރުގައި ހުށަހަޅައިފައި ހުރި ފޯމުތައް، 41،000 އަށް ވުރެ ގިނަ ފޯމު އަލުން އިވެލުއޭޓްކޮށްފަ، ކުރީ ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލާު އެއްގޮތަށް ފުލެޓާއި ގޯތި ދިވެހިންނަށް ހަވާލުކުރަން،" ޢަލީ ވިދާޅުވިއެވެ.
"މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟" ޢަލީ ސުވާލު އުފެއްދެވިއެވެ.
DV

ކުރީ ސަރުކާރުގެ ސްކީމަށް ލީ ފޯމުތައް އިވެލުއޭޓްނުކޮށް، އާ ސްކީމުން ފުލެޓް ދޫނުކުރަން ގޮވާލައިފި sun.mv/217318
DV

މިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދަށުން ފުލެޓަށާއި ގޯއްޗަށް ދެވަނަ ފަހަރަށް ލީ މީހުންގެ ތެރެއިން އިވެލުއޭޓްނުކުރާ ފޯމުތައް އިވެލުއޭޓްކުރުމަށް ގޮވާލަން.
މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި 9،000 މީހުންނަށް ފުލެޓު ދޭން އޭރު ކަނޑައެޅި ކަމަށާއި، އެ ފުރުސަތުގައި ގޯއްޗަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 41،000 މީހުންގެ ފޯމު އޮތީ އިވެލުއޭޓްނުކޮށް.
މި 50،000 އާއިލާއަކީ ހަގީގަތުގައި މާލެ ސަރަހައްދުން ގޯތި ނުވަތަ ފުލެޓު ހޯދަން ހުށަހަޅައި، ފޯމު ބަލައިގެންފައިވާ މީހުންނާއި ފުލެޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް، އެހެންވީމާ ކޮން އުސޫލަކުން ކޮން ހަމައަކުންތޯ އެ މީހުން މާލެއަތޮޅު ދެކުނުބުރި ގުޅީ ކައިރީގަ އޮންނަ ފުށިދިއްގަރުފަޅަށް ފޮނުވާލަން މި ޖެހެނީ؟
DV

ބީއެމްއެލްގެ އަގުހެޔޮ ފްލެޓް މަޝްރޫއު ނަމުގައި ފެށި ފުލެޓް ތަކަށް ފޯމް ހުށަހެޅޭނީ 60،000 ރުފިޔާގެ އާމުދަނީން މަތީގެ އާމްދަނީލިބޭ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި.
ބީއެމްއެލްގެ ފްލެޓް އަޅަން މިސަރުކާރުން ހަވާލުކުރި ބިންތަކަކީ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް ކަނޑާ ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ބިންތަކެވެ.
DV
Hulhumalé Phase 3 Union รีทวีตแล้ว
Hulhumalé Phase 3 Union รีทวีตแล้ว

Hulhumale' Phase 3 Union ge faraathun baahvaa noosveringe bahdhaluvun twitter.com/i/broadcasts/1…
Suomi
Hulhumalé Phase 3 Union รีทวีตแล้ว

ފުށި ދިއްގަރުފަޅު ހިއްކުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެކުރަނީ އިސްރާފު ކަމަށާއި އެއީ ބޮޑުވެގެންވާ ހިޔާނާތެއްކަމަށް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. fiyes.mv/3878
DV

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި މާދަމާއިން ފެށިގެން ހުށަހެޅޭނެ
#BoahiyaavahikanEmmennah
#AaileeBoahiyaavahikan
DV

ބޯހިޔާވަހިކަމަށް އެދި ކުރާ އާދޭސްތަކަށް އިހުތިރާމްކުރުމަށް ގޮވާލަން: އެމްޑީޕީ
"ރައްޔިތުންގެ އާދޭސްތަކަށް ބީރު ކަންފަތް ނުދެއްވާ، އެ ރައްޔިތުން އެދިއެދި ތިބި ބޯހިޔާވަހިކަން އެޅުމަށް އޮތް ބިންތައް ލަގްޒަރީ ފްލެޓުއެޅުމަށް ވިއްކަވައިނުލައްވާ"
އަދި ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމުގައި ދެކެން.
fiyes.mv/3841
DV

ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަށް، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރުމަށް މިސަރުކާރުން އަމާޒު ހިފާފައި ވާއިރު، 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ، ފުރަތަމަ ފިޔަވަހީގެ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއެބަ އޮތް ކަމަށާ، އެހެންކަމުން ރަސްމާލެ މަޝްރޫއަކީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ މަޝްރޫއެއް ކަމަށެވެ.
52 ހާސް އާއިލާއެއްގެ 2 ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ގުޅިމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް، އެމްޑީޕީން ސަރުކާރަށް ގޮވާލައިފި. 600 ނިލިއަން ދޮލަރު ހަރަދުބޮޑު ހަރަދެއް ކުރަންޖެހޭ ގުޅިމާލެ ހިއްކުމަށް ވުރެން، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ގޮވާލަން" މި ސަރަހައްދަކީ މުސްތަގްބަލުގައި އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މިއީ 8 ލައްކަ މީހުން އާބާދު ކުރުމުގެ ފުރުސަތުއޮތް ސަރަހައްދެއް ކަމަށް ވުމުން އެކަމަށް އިސްކަން ދެއްވުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި.
DV

ފުށިދިއްގަރު ފަޅަކީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފަޅަކެވެ. ބިންވރިޔާ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ ފޯމް އިވެލުވޭޓް ނުކޮށް ރަސްމާލެ ނަމުގައި ހިއްކާ ގުޅިމާލެ އިން ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ހުޅުވާލީ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 މީހުންނާއި ފުރަތަމަ ސްކީމުގައި ފުލެޓަށް ޝަރުތުހަމަވި 13763 މީހުންގެ ތެރެއިން ބާކީތިބި 9763 މީހުން ފުށިދިއްގަރުފަޅު ނުވަތަ ގުޅިމާލެ ގެންދިއުމަށެވެ.
ވީމާ ކުރީސަރުކާރުގެ ބިންވެރިޔާ އާއި ގެދޮރުވެރިޔާގެ 2 ސްކީމުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ފުށިދިއްގަރުފަޅު ނުވަތަ ގުޅިމާލެ އަށް ފޯމް ހުށަނޭޅުމަށް ގޮވާލަން.
ފުށިދިއްގަރުފަޅު ގުޅިމާލެ އަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ އުތުރުތިލަފަޅާއި، ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، ގުޅީފަޅަކީ ކުރީ ސަރުކާރުން 645 ހެކްޓަރުގެ ބިން ހިއްކައިގެން ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ 23303 ގޯއްޗާއި 30100 ފުލެޓްގެ އިތުރުން، އިތުރު 205 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރު 25 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން. fiyes.mv/3951
DV

ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން ހުޅުމާލެ އާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އަދި އުތުރުތިލަފަޅުން ދިނުމަށް ނިންމާފައިވާ 18150 ފުލެޓަށް 21247 ފޯމް ހުށަހަޅާފައިވެއެވެ. ފޯމް ހުޅަހެޅި ފަރާތްތަކުގެ ނަމާއި އެޑްރެހާއި އެކު ގެޒެޓްކުރެވިފަިވާ ސަރުކާރު ގެޒެޓްގެ ލިންކް މިއެކައުންޓުން ފެނިލައްވާނެ. އަދި ގޯއްޗާއި ފުލެޓްގެ ލިސްޓް ޑައުންލޯޑް ކުރެވޭނެ!
ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 14300 ގޯއްޗަށް ފޯމް ހުށަހެޅީ 19347 އާއިލާއިންނެވެ. ބިންވެރިޔާގެ 2 ވަނަ ސްކީމުގެ 18150 ފުލެޓަށް ފޯމް ހުށަހެޅީ 21247 އާއިލާއިންނެވެ. ޖުމުލަ 40،594 އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައި ވީ ނަމަވެސް، ދެވަނަ ސްކީމުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، މި ސަރުކާރުން ލަސްކުރަމުންދަނީ ވާދޫ ކަނޑުހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ކ. އަތޮޅު ދެކުނުބުރީ ގުޅި ކާރީގަ އޮންނަ ފުށިދިއްގަރުފަޅަށް 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ 40594 އާއިލާތަކުގެ މީހުން ގެންދިއުމަށް ކަމަށް ބެލެވޭ. ވީމާ 2 ވަނަ ސްކީމްގައި ފޯމް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން ފުށިދިއްގަރުފަޅަށް ދިއުމަށް ފޯމް ހުށަ ނޭޅުއްވުމަށް ގޮވާލަން.
ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ކަމުގައިވާ ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް.
ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް. ދެވަނަ ސްކީމުގެ 14300 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެ ކުރަމުންދަނީ ބޮޑުއިސްރާފެއް ކަމަށް ދެކެން.
އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން އިތުރަށް ބިންހިއްކައިގެން 1050 ހެކްޓަރުގެ ބިން އިތުރުކުރަން ކުރީ ސަރުކާރުން ޕްލޭންކޮށްފައި ވެއެވެ.
ފުށިދިއްގަރު ފަޅަކީ ބްރިޖަކުން ގުޅެންނެތް ސަރަހައްދަކަށް ވެފައި، ބްރިޖުން ގުޅާލެވޭ މިސަރަހައްދަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ދެ ސްކީމުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފުލެޓްގެ އިތުރުން އިތުރ 25 ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ދެވެންހުރި ތަންތަނަށް ވުމުން، ފުށިދިއްގަރު ފަޅު ހިއްކުމަށް މި ސަރުކާރުން ކުރާ އިސްރާފު ހުއްޓާލައި އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިން އިތުރު ގޯއްޗާއި ފުލެޓް ދިނުމަށް ގޮވާލަން.
އަދި މި ސަރަހައްދަކީ އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާއި ހަމައަށް ކުދި ބްރިޖްތަކުން އިތުރު 5 ފަޅު ގުޅާލެވެންހުރި، ބިމުގެ ގޮތުން 3200 ހެކްޓަރުގެ ބިން އިތުރުކުރެވެން ހުރި ތަންތަނަށް ވުމުން މި ކަމަށް އިސްކަން ދިނުމަށް ރައީސް މުއިއްޒަށް އާދޭހާއިއެކު އިލްތިމާސް ދަންނަވަން.

ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން އުތުރުތިލަފަޅާއި، ގިރާވަރުފަޅާއި، ގުޅީފަޅާއި އަދި ހުޅުމާލެއިންް ދިނުމަށް ނިންމާފައިވާ 14300 ގޯއްޗަށް ފޯރމް ހުށަހެޅި 21247 މީހުންގެ ލިސްޓު. ގެޒެޓް ލިންކް! gazette.gov.mv/iulaan/264301
DV
Hulhumalé Phase 3 Union รีทวีตแล้ว

ކުރީ ސަރުކާރުގެ ބިންވެރިޔާގެ 2 ވަނަ ސްކީމުިން ހުޅުމާލެ އާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އަދި އުތުރުތިލަފަޅުން ދިނުމަށް ނިންމާފައިވާ 18150 ފުލެޓަށް 21247 ފޯމް ހުށަހަޅާފައިވެއެވެ. ގެޒެޓް ލިންކް. gazette.gov.mv/iulaan/264301

DV