Ali Ashfaq retweetledi
Ali Ashfaq
2.2K posts

Ali Ashfaq retweetledi

ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން.
މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ؛
ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޔޫސުފް މަނިކު،
ޚިދުމަތުގައި 46 އަހަރާއި 10 މަސް
އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޙުސައިން،
ޚިދުމަތުގައި 34 އަހަރާއި 10 މަސް




DV
Ali Ashfaq retweetledi

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީގެ އިސްވެރިންނާއި، މި ކުންފުނިން މިއަދު ވަނީ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައި. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ނެޓްވޯކަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު ކެނޑިފައި ހުންނަ ވަގުތު ވީހާވެސް ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމާއި، މިދިޔަ އާދިއްތަ ދުވަހުގެ ރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރ އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ވަނީ މަޝްވަރާ ކުރެވިފައި. އެ ކޭބަލްތަށް އެނަޖައިޒް ކުރެވިއްޖެ ނަމަ، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި ކަރަންޓު އަނބުރާ ދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަ ކުރެވި އެކަމުގެ ފަސޭހަތައް ލިބިގެންދާނެ.




DV
Ali Ashfaq retweetledi
Ali Ashfaq retweetledi

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެންމެހައި ލޮބުވެތި އަންހެނުންނަށް އަރިސްކުރަން. މުޖުތަމަޢުގެ އެންމެހައި ކަންކަމުގައި ތިޔަ ބޭފުޅުންގެ ޙިއްސާއަކީ އަގުނުކުރެވޭފަދަ މުހިއްމު ޙިއްސާއެއް. މިއަދު މި ފާހަގަކުރެވެނީ ތިޔަ ހިތްވަރާއި، ކެރުންތެރިކަމާއި ވިލުންތެރިކަން.
#އަންހެނުންގެދުވަސް

DV
Ali Ashfaq retweetledi

ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން، ސްޓެލްކޯގެ އެންމެހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ސެޝަނެއް މިއަދު ވަނީ ބާއްވާފައި. މި ސެޝަންގައި މުވައްޒަފުންނަށް ދީނީ މައުލޫމާތު ދެއްވީ އައްޝައިހް އަތީފް އަބޫބަކުރު. އަތޮޅުތެރޭ އިންޖީނުގެތަކުންވެސް ލައިވް ސްޓްރީމް މެދުވެރިކޮށް ބަލަމުންދިޔަ މި ސެޝަންގައި ޝައިހް ދެއްކެވި ވާހަކަފުޅުގައި ރަމަޟާން މަހުގެ މާތްކަމާއި، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން ވަރަށް އިލްމީ އަދި މައުލޫމާތު މުއްސަނދި ނަސޭހަތާއެކު އިރުޝާދުތަކެއް ވަނީ ދެއްވަވާފައި. މިފަދަ ސެޝަންތަކުގެ މަގުސަދަކީ ރަމަޟާން މަހާ ކުރިމަތިލާއިރު، މުވައްޒަފުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް، އަޅުކަމަށް ހާއްސަ ސަމާލުކަމެއްދީ، ހެޔު އަމަލު ކުރުމުގައި ދެމި ތިބުމަށް ހިތްވަރުދިނުން.




DV
Ali Ashfaq retweetledi

"އަޅުގަނޑު ދެކޭގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ (ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ) އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ، ބައިވެރިން އެނބުރި ރަށަށް ގޮސް، މި ޕްރޮގްރާމުން ލިބިގަތް ޢިލްމާއި ހުނަރުގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ތަޖުރިބާ ހިއްސާކޮށް، އޭގެ މަންފާ ރަށްރަށަށް ލިބިގެންދިއުން." ޑރ. އަލީ އަޒުވަރު (ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ)

DV
Ali Ashfaq retweetledi

ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ އިން ހިންގި "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ދެވަނަ ބެޗްގެ ތަމްރީނުތައް މި މަހުގެ 4 އިން 12 އަށް ވަނީ ކުރިއަށްގެންގޮސްފައި. މި ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި. މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މަޢުލޫމާތާއި ޢަމަލީ ތަމްރީނުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވަނީ އަލިއަޅުވާލާފައި.




DV
Ali Ashfaq retweetledi

ކ. ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައި. މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މަޢުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ، ޢާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުން.


DV
Ali Ashfaq retweetledi

ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ. މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުން އެދެން.
DV
Ali Ashfaq retweetledi

މަރުޙަބާ ޤައުމީ ފުޓްސަލް ޓީމް!
ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކާމިޔާބުކުރުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަޚުރެއް. މި ތާރީޚީ ކާމިޔާބީއަށްޓަކައި ސްޓެލްކޯގެ އިސްވެރިންނާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށާއި، ކޯޗުން އަދި އޮފިޝަލުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަން. ތިޔަ ހޯއްދެވި ކާމިޔާބީއާއި މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. ދިވެހި ޤައުމަށް މިފަދަ އިތުރު ކާމިޔާބީތަކާއި ރީތި ނަން ހޯދައިދިނުމުގައި ޤައުމީ ޓީމަށް އަބަދުވެސް ކުރިއެރުމާއި ތައުފީޤު މިންވަރުކުރައްވާށި. އާމީން!

DV
Ali Ashfaq retweetledi

މި ކުންފުނި ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ވަނީ، ސަރުކާރުގެ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި ޢިމާދުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ.




DV
Ali Ashfaq retweetledi

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތުގެ ސަބަބުން މި ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ.




DV
Ali Ashfaq retweetledi

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް މިއަދު ވަނީ ސެޓިފިކެޓް ހަވާލުކޮށްފައި. "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ" ގެ ނަމުގައި މި މަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ވަނީ ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި. މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި، ސަރވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައި. މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ ޢަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައި.




DV
Ali Ashfaq retweetledi
Ali Ashfaq retweetledi
Ali Ashfaq retweetledi

Our sincere thoughts and prayers are with our brothers and sisters in Sri Lanka as they endure severe flooding and mudslides in the wake of Cyclone Ditwah. Today, our management and staff contributed to the aid telethon organised by @psmnewsmv, in collaboration with local media outlets, to support urgent relief and recovery efforts.
🔴🟡 🔵🇲🇻🇱🇰
#CeylonAaEkuDhivehin


English
Ali Ashfaq retweetledi

ކުންފުނިން SCADA ނިޒާމެއް ޤާއިމްކޮށް، މަރުކަޒީ ފެންވަރެއްގައި އިންޖީނުގެތަކުގެ ކަންކަން މޮނިޓަރކުރެވެން ފެށުމާއި ގުޅިގެން އިންޖިނިއަރިންގ މަސައްކަތްތައް އަވަސްކުރެވި، އިންޖީނުތަކުގެ ސަމަކާރަކަން އިތުރުކުރެވި، އިންޖީނުގެތަކުގައި ތެޔޮ ބޭނުންކުރާ މިންވަރު ވަނީ އިޤުތިޞާދުކުރަން ފެށިފައި.
#Hafthaa104

DV





