Ibrahim Faid

8K posts

Ibrahim Faid banner
Ibrahim Faid

Ibrahim Faid

@madikilanbu

Deputy Minister at Ministry of Sports, Fitness and Recreation

Katılım Kasım 2015
636 Takip Edilen279 Takipçiler
Ibrahim Faid retweetledi
Mohamed Areesh
Mohamed Areesh@attuareesh·
މިދިޔަ ފަސް އަހަރުގެ ތެރޭގައި، މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިގެންދިޔަ ފުރަތަމަ އީދަކީ މިއީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު @MMuizzu މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު، މުޅި ގްރޭޓަރ މާލެ ސަރަޙައްދުގެ އެކި ހިސާބުތަކުން ތަކުބީރުގެ މާތް އަޑު ގުގުމަމުންދިޔައެވެ. އަދި ޕީ.އެން.ސީ ކައުންސިލުން މެދުނުކެނޑި އެ އާދަ ހިފަހައްޓަމުން ގެންދިޔައެވެ. އެހެންނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. މާލެއިން އެ އަޑު ކެނޑި، މުޅި މާޙައުލު ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ އެމް.ޑީ.ޕީ އަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތެވެ. @pnc_secretariat
DV
22
27
28
13.4K
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި، އަޅުގަނޑުގެ ގާތުގައި މަސައްކަތްކުރެއްވި ބޭފުޅެއް. ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ މިނޫން ވަޒީފާތައްވެސް އަދާކުރެއްވި ހީވާގި ޚިދުމަތްތެރިއެއް. މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަބްދުﷲ ޝަރީފް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އަދި މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން.
Dr Mohamed Muizzu tweet media
DV
33
137
171
6.1K
Ibrahim Faid retweetledi
Hussain Mohamed Latheef
ޙައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟުޙާ ޢީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވާށެވެ. އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލާށެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. تَقَبَّلَ اللهُ مِنَّا وَمِنْكُمْ ޢީދު މުބާރަކު.
Hussain Mohamed Latheef tweet media
DV
4
64
80
1.7K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރަމުން. ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދި ހެޔޮ ދުއާކުރަން.
DV
30
342
391
11.6K
Ibrahim Faid retweetledi
Abdulla Rafiu
Abdulla Rafiu@AbdhullahRafiu·
މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހައި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދެން. #HajjMubarak
Abdulla Rafiu tweet media
DV
1
53
80
1.5K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ. ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކަށްމެ ދެއްވާށި! އާމީން
33
350
426
9.3K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
On World Football Day, I extend warm greetings to everyone who shares a passion for this beautiful game that brings people together across the globe. This administration remains steadfast in its commitment to advancing sports and healthy living in the Maldives. In addition to expanding and upgrading football infrastructure, including the development of FIFA-standard football grounds, we have introduced meaningful policy reforms such as amending the Sports Act to further decentralize sports development across the country. We are also focused on creating opportunities for the Maldives to host international football tournaments, strengthening our sporting culture, and giving our athletes greater exposure on the global stage. I am encouraged by the spirit of football that continue to unite our people and inspire future generations. Wishing everyone a very happy World Football Day.
Dr Mohamed Muizzu tweet media
English
9
244
260
28.1K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ވަނީ ދަަސްވެނިވެފައި. މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން. މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމް.އެން.ޑީ.އެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުން. 4 މަސް ދުވަހުގެ މި ތަމްރީނު ހިންގާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި. މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު 1 ޖޫން 2026 ގައި އިރާދަކުރެެއްވިއްޔާ ފެށިގެންދާނެ.
Dr Mohamed Muizzu tweet mediaDr Mohamed Muizzu tweet mediaDr Mohamed Muizzu tweet mediaDr Mohamed Muizzu tweet media
DV
35
353
383
19.7K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ވ.ކަނި، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައިފައިވާ، ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި،އާދަމް ޢަލީ ޚިދުމަތްކުރެއްވި ކޮންމެ ރައީސެއް އަދި ނައިބު ރައީސެއްގެ ލޯބިވެސް ހޯއްދެވި ހަރުދަނާ ޝަޚްޞިއްޔަތެއް. ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރެއްވި، 44 އަހަރަށްވުރެ ދިގު މުއްދަތުގެ މި ޚިދުމަތްތެރިޔާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވަން. މަރްޙޫމް އާދަމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ތާއަބަދު ލަހައްޓަވާށި! އާމީން
Dr Mohamed Muizzu tweet media
DV
28
185
242
9.3K
Ibrahim Faid retweetledi
Dr Mohamed Muizzu
Dr Mohamed Muizzu@MMuizzu·
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި. އަޅުގަނޑާއެކުގައި މަސައްކަތްކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން އަޅުގަނޑު ކޮންމެ ދުވަހަކުމެ ދުށީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ. ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ. އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު އަޅުގަނޑުމެންނާ ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ޢަލީ ޒުބައިރު ލަހައްޓަވާށި. ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވާށި. އާމީން
Dr Mohamed Muizzu tweet media
DV
38
215
262
10.1K
Ibrahim Faid retweetledi
The President's Office
The President's Office@presidencymv·
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޖުލައި 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ presidency.gov.mv/Press/Article/…
DV
4
143
141
2.9K
Ibrahim Faid retweetledi
The President's Office
The President's Office@presidencymv·
މި ސަރުކާރުގެ ދެއަހަރާއި ބައިގެ ތެރޭގައި އިތުރު 206400 މީހުންގެ ބައޯމެޓްރިކްސް ނަގައިފިން - ރައީސުލްޖުމްހޫރިއްޔާ
DV
6
155
153
7.8K
Ibrahim Faid retweetledi
The President's Office
The President's Office@presidencymv·
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި presidency.gov.mv/Press/Article/…
The President's Office tweet media
DV
5
175
169
5.2K