




Azim Musthag
1.3K posts

@zimswp
Something of a Marine Scientist, underwater photographer and dive instructor amongst many many other things




























10 އަހަރުވަންދެން، ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް، ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، މި އަދު ހުޅުވިގެން ދިއުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ކާމިޔާބުކަމާއެކު، ރޭވި ގޮތަށް، މި މަސައްކަތް ނިމުނު ކަމަށް ޓަކައި اللهއަށް ޙަމްދު ކުރަން. ސިޓީ ޕާކު އަލުން ހަދައި މި އަދު މި ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން. މާލެ ސިޓީގެ މޭޔަރުކަމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި، އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މި ފަދަ ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން. މި ޕާކު ބޭނުންކުރައްވާ ހުރިހައި ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް، އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމައެކު އިލްތިމާސް ކުރަން. #FehithanavasMale @MaleCitymv

















