Adam Shareef Mohamed

583 posts

Adam Shareef Mohamed banner
Adam Shareef Mohamed

Adam Shareef Mohamed

@AdamShareefM

Focused on structured governance, youth empowerment, and long-term development. Committed to stabilit

Maldives เข้าร่วม Mayıs 2018
1.1K กำลังติดตาม276 ผู้ติดตาม
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާ އެންމެ މުހިއްމު އެއް ތަނަކީ އެރަށެއްގެ @MDPSecretariat ހަރިގެ. ބާރަށު އެމްޑީޕީ ހަރުގޭގައި ޕާޓީގެ ދިދަ ނެގުމުގެ ޝަރަފު މިިއަދު އަޅުގަނޑަަށް ދެއްވި ކަމަށްޓަކައި ބާރަށު އެމްޑީޕީ އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވަން. ބާރަށުގައި އެމްޑީޕީ ދުވަހަކަށްވުރެ ދުވަހެއް ދާނީ ވަރުގަދަވަމުން. #HeyvallaThayyaaru #GearUp #LCE2026 #WDC2026 #VoteMDP
DV
1
37
54
2.1K
Adam Shareef Mohamed รีทวีตแล้ว
MDP Secretariat
MDP Secretariat@MDPSecretariat·
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ހއ.ކެލާ އެމްޑީޕީ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމްތަކާއި އެމްޑީޕީގެ ރައީސް @abdulla_shahid އާއި އެމްޑީޕީގެ އިސްވެރިން ކެންޕެއިންގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅެގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. #HeyvallaThayyaaru #GearUp #LCE2026 #WDC2026 #VoteMDP
MDP Secretariat tweet mediaMDP Secretariat tweet mediaMDP Secretariat tweet mediaMDP Secretariat tweet media
DV
1
11
11
910
Adam Shareef Mohamed รีทวีตแล้ว
MDP Secretariat
MDP Secretariat@MDPSecretariat·
ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ކެންޕެއިންގައި ވާދަކުރައްވާ މާރަންދޫ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް @abdulla_shahid އާއި އެމްޑީޕީގެ އިސްވެރިން މާރަންދޫގައި މިއަދު ކުރިއަށް ގެންދެވި ދޮރުން ދޮރަށް ހަރަކާތާއި އަދި ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމްތަކާއި ކެންޕެއިންގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅެގޮތުން މަޝްވަރާކުރުމަށް، ބޭއްވުނު ބައްދަލުވުމުގެ ތެރެއިން. HeyvallaThayyaaru# #GearUp #LCE2026 #WDC2026 #VoteMDP
MDP Secretariat tweet mediaMDP Secretariat tweet mediaMDP Secretariat tweet mediaMDP Secretariat tweet media
DV
1
17
22
1K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ލޯކަލް ކައުންސިލް އިންތިޚާބުގައި މާރަންދޫ ކައުންސިލް އަދި އތމ ކޮމިޓީއަށް ވާދަކުރައްވާ @MDPSecretariat ކެންޑިޑޭޓުންނާއެކު މިއަދު މާރަންދޫގެ ބައެއް ރައްޔިތުން ގާތަށް ޒިޔާރަތްކޮށްލިން. ރައްޔިތުން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ރަށަށް ތަރައްޤީ ގެނެސްދެވޭނެ ވިސްނުން ހުރި، ރައްޔިތުންގެ ވިންދު ދަންނަ ކެންޑިޑޭޓުންކަމަށް. އިރާދަކުރެއްވިއްޔާ މި ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރާނީ ބޮޑުތަފާތަކުން. #HeyvallaThayyaaru #GearUp #LCE2026 #WDC2026 #VoteMDP
DV
0
24
40
1.5K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ރައްޔިތުންނަށް ބަސްބުނަން ލިބޭ ކޮންމެ ފުރުސަތެއް ހަނިކޮށް ބަންދުކުރުން އެއީ ޕީ.އެން.ސީ ސަރުކާރުން ސިސްޓަމެޓިކްކޮށް އިންތިޒާމު ކުރެވިގެން ކުރަމުން އަންނަ ކަމެއް. ދެ ވޯޓު އެއްކޮށްލަން ކުރަމުން ގެނަދާ މަސައްކަތަކީ ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ ދެ ފުރުސަތުން އެއް ފުރުސަތު ފޭރިގަތުން. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ފަސް އަހަރުގެ ތެރޭގައި އެއްފަހަރު ބަސްބުނުމަށްފަހު ރައްޔިތުން ދެން ތިބެންޖެހޭނީ ހަނު. މިކަމާ ދެކޮޅަށް @MDPSecretariat ނިކުންނާނެ. ބަސްބުނުމުގެ މިނިވަންކަން މިޕާޓީއިން ދިފާޢުކުރާނެ.
DV
1
25
31
943
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
އަޅުގަނޑުމެންގެ ޓީމަށް މާރަންދޫ އިން ވިދާޅުވި ހޫނު މަރުޙަބާއަށް، ލޯކަލް ކައުންސިލް އަދި އތމ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ @MDPSecretariat ކެންޑިޑޭޓުންނަށް ޝުކުރިއްޔާ. ކެމްޕޭން ޓީމުގެ ފަރާތުން ފެނިގެންދާ ޖޯޝަކީ އުއްމީދީ މަންޒަރެއް. ރަށުގެ ކަންކަން ނިންމުމުގެ ބާރު ރަށުގައި ބާއްވަން ވޯޓުދޭން މާރަންދޫ ރައްޔިތުން ތިބީ ހޭވައްލާ ތައްޔާރަށް! #HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMDP
DV
4
28
42
1.8K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
A great pleasure to join Prof. @liz_colton and @UNITAR today to engage with students from across the globe. Sharing my experiences as the 76th President of the UN General Assembly is a reminder that our future is in capable hands. Education and diplomacy remain our strongest tools for a better world.
Abdulla Shahid tweet mediaAbdulla Shahid tweet mediaAbdulla Shahid tweet mediaAbdulla Shahid tweet media
English
1
22
42
1.8K
Adam Shareef Mohamed รีทวีตแล้ว
Addu -X- Files
Addu -X- Files@adduXfiles·
Maldivian main opposition leader and MDP President, as well as former 76th President of the United Nations General Assembly, @abdulla_shahid , joined Prof. @liz_colton at @UNITAR to engage with students from around the world. Speaking at the event, Shahid reflected on his tenure at the UN, saying the interaction reaffirmed his belief that the future is in capable hands. He emphasised that education and diplomacy remain essential tools in building a more peaceful and cooperative world. @UN @UNYouthAffairs @
Addu -X- Files tweet mediaAddu -X- Files tweet mediaAddu -X- Files tweet mediaAddu -X- Files tweet media
English
1
4
5
218
Adam Shareef Mohamed
Adam Shareef Mohamed@AdamShareefM·
Ramadan Mubarak 🌙 As we enter this sacred month, may it renew our faith, strengthen our unity, and inspire compassion within our community. Ramadan reminds us of patience, discipline, and service to others — values that build stronger families and a stronger nation.
Adam Shareef Mohamed tweet media
English
0
0
0
3
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ފ. ދަރަނބޫދޫ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ @MDPSecretariat ކެންޑިޑޭޓުންނާއެކު ބައްދަލުކޮށް، ކެމްޕޭން ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކޮށްލިން. ކެންޑިޑޭޓުންނާއި ޓީމު ތިބީ ޖޯޝާއި ފޯރީގައި ކެމްޕޭން ކުރިއަށް ގެންގޮސް، މި އިންތިޚާބު ކާމިޔާބު ކުރުމަށް ތައްޔާރަށް. އަތޮޅުތަކުގެ ރަށްރަށަށް އެމްޑީޕީ ސަރުކާރުގައި ގެނައި ތަރައްޤީ މި ސަރުކާރުން ހުއްޓުވާފައިވާއިރު، އެކަން ބަދަލުކޮށް، އަނެއްކާވެސް ތަރައްޤީއާ ދިމާއަށް މިސްރާބު ޖެހޭނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކާމިޔާބު ހޯދައިގެން. އިރާދަކުރެއްވިއްޔާ އެމަންޒަރު ދަރަނބޫދޫ އިންނާއި ރާއްޖޭގެ ހުރިހާ ރަށަކުން ދައްކާނެ. #HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMDP
DV
0
19
23
1.3K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އތމ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ ކެލާ @MDPSecretariat ކެންޑިޑޭޓުންނާއި ބައްދަލުކޮށް، ކެމްޕޭން ހިނގަމުންދާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކޮށްލިން. ސަރުކާރުން ދައްކާ ބިރަކަށް ކެލާ އެމްޑީޕީ ކެންޑިޑޭޓުން ބިރެއް ނުގަނޭ. ކެލާ ޓީމު އޮތީ އިންޗި އެއްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ރަށަށް ބާރުތައް ގެނެސް، ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ލިބޭ މި ފުރުސަތުގެ ބޭނުން ހިފައި ކެލާއިން ނަތީޖާ ދައްކާނެ. #HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMDP
DV
1
25
34
2.7K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ފެންނަ ނުފެންނަ ވޯޓުގެ ނަމުގައި ރައްޔިތުންގެ ބަސްބުނުމުގެ ޙައްޤު ނިގުޅައިގަންނަނީ: 🔸 ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކޮށްލައި ޑިމޮކްރަސީ ހަނިކުރަނީ 🔸 ވިހި މިލިއަން ރުފިޔާ ސަލާމަތްކުރަން ބޭނުންނަމަ، މަދުކުރަންވީ ސިޔާސީ ވަޒީފާތައް 🔸 މިއީ ޙަޤީޤަތުގައި ދައުލަތް ޚުދުމުޙްތާރު ވެރިކަމަކަށް ގެންދިއުމުގެ ފުރަތަމަ ފިޔަވަޅު 🔸 މިއަދު މުއްދަތު ކުރުކޮށްލުމަށް އެދުމަކީ ފަހުން ރިޔާސީ ދައުރު ދިގުކުރުމުގެ ކުރިމަގު ތަނަވަސްކުރުން 🔸 މީގެ ނަތީޖާއަކަށް ވެގެންދާނީ ރިޔާސީ އިންތިޚާބު ހަމައެކަނި ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުވުން 🔸 މިހާރު ރައްޔިތުންނަށް ލިބޭ ދެ ފުރުޞަތު ރިޔާސީ އަދި މަޖިލިސް އިންތިޚާބު ނިގުޅައިގަތުމަކީ މި ސަރުކާރުގެ އެޖެންޑާ 🔸 މިހާރުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް. 2028 ގައި އައު ސަރުކާރެއް އަންނާނެ 🔸 މި ނުރައްކާތެރި މަގުން ސަލާމަތްވެވޭނީ ކައުންސިލް އިންތިޚާބުން ރައްޔިތުންގެ ބާރު ދައްކައި މިސަރުކާރު ބަލިކޮށްގެން #HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMDP
DV
0
27
34
1.6K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
މެނިފެސްޓޯގެ ދެވަނަ ތަނބު - ލާމަރުކަޒީ ލޯންޗިން: 🔸 ހަމައެކަނި ޖަލްސާއެއް ބާއްވާ މެނިފެސްޓޯއޭ ބުނެ އެންގުމެއް ނޫން 🔸 އަޅުގަނޑު މިހުރީ މެނިފެސްޓޯގެ ދެވަނަ ތަނބު އިފްތިތާޙު ކުރުމަށް ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ކުޅުދުއްފުށި ސިޓީއަށް އައިސް 🔸 މިލާމެހި ގުޅިގެން ބާއްވާ ލާމަރުކަޒީ ލޯންޗިން 🔸 ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާބިތުކޮށްދެނީ: އެމްޑީޕީގެ މުޅި ވިސްނުމަކީ، މުޅި ފިކުރަކީވެސް ބާރުތައް ދޫކޮށްލުން. #HeyvallaThayyaru #GearUp #LCE2026 #WDC2026 #VoteMDP
DV
1
27
38
1.3K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ނަޞްރުގެ ދުވަހުގެ ޛިކްރާ މިއަދު މި އާކުރަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންނަށް މާތް الله މިންވަރުކުރެއްވި ނަޞްރަށްޓަކައި އެކަލާންގެ ކިބަފުޅަށް ޙަމްދުކުރަމުން ޝުކުރުވެރިވަމުންނެވެ. އެ ޢުދުވާނުގައި ދިވެހި ސިފައިންނާއި ، ޢާންމުންގެ ތެރެއިން ޝަހީދުވި އެންމެހާ އަބުތާލުންގެ މަތިވެރި ޤުރުބާނީގެ ހަނދާން އައުކޮށް އެ މުޖާހިދުންގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލެއްވުން އެދި ދުޢާ ކުރަމުންނެވެ. ނިރުބަވެރިން ދިވެހިރަައްޖޭގެ ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާޢުކުރެއްވުމުގައި ޝަހީދުވި ބަތަލު ޝަހީދު ޙުސައިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ ގެ ހަނދާން އަބަދުގެ އަބަދަށް ދިވެހި މިބިމުގައި ތަކުރާރުވެ ޛިކްރާ ވެވެމުންދާނެކަމުގެ ޔަޤީންކަމާއި އެކުއެވެ. އެ ބިރުވެރި ނާމާން ދުވަހު މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ހިތްވަރުގަދަ ދިވެހި ސިފައިން ސާބިތުކަމާއިއެކު ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އާކޮށް އައްސަރިބަހާއި ސާބަސް ދަންނަވަމުންނެވެ. ހަމަ އެހެންމެ އެނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި، ހިތްވަރާއިއެކު ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވަމުން ތަޢުރީފުކުރަމުންނެވެ. އަދި ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެންމެ އެކުވެރި އަވަށްޓެރި އިންޑިޔާގެ ސަރުކާރުންދެއްވި އަވަސް އިޖާބައަށާއި ، ވެދެއްވި ދީލަތި އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމުންނެވެ. މާތް الله މި ލޮބުވެތި ޤައުމު އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލަހައްޓަވާށިއެވެ. امين!
Abdulla Shahid tweet media
DV
7
38
66
3.9K
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
15 days in detention for standing up to authoritarianism! This is a warning shot by the government aimed at every Maldivian who dares speak out. You may try to blind us with pepper spray, deafen us with LRADs, and detain us for exercising our constitutional right, but you will not silence us. You will not stop us. We stand undeterred. We stand united. RELEASE THEM NOW! #FreeOct3Protestors
Abdulla Shahid tweet media
English
12
48
71
5.3K
Adam Shareef Mohamed รีทวีตแล้ว
Aabaareh
Aabaareh@aabaareh·
އެމްޑީޕީ ރައީސް އަބްދުއް ﷲ ޝާހިދު މިރޭގެ މުޒާހަރާގެ ތައްޔާތީތައް ބައްލަވާލެއްވުމަށް އަޓިފިޝަލް ބީޗުގައި. #LootuvaifiLootuvaifi #3October #Artificialbeach
Aabaareh tweet mediaAabaareh tweet mediaAabaareh tweet mediaAabaareh tweet media
DV
0
4
4
586
Adam Shareef Mohamed รีทวีตแล้ว
Abdulla Shahid
Abdulla Shahid@abdulla_shahid·
ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ބިންގައު އެޅުއްވި އެއް ބާނީ ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމަޔާއެކުގައެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވުމަށްފަހު، އެ ސިނާއަތު ބައިނަލް އަޤުވާމީ ހޮޓެލްޗޭނުތަކުގެ ދައުރު އޮތް ސިނާއަތަކާއި ހަމައަށް ގެނައުމުގެ ކޮންމެ ހަރުފަތެއްގައިހެން، އެމްޔޫ މަނިކުގެ ހިއްސާ ވަރަށްބޮޑަށް އޮތެވެ. ކުރުނބާ ރިސޯޓުގައި މަސައްކަތް ކުރައްވައި، ފަހުން އެރިސޯޓު ހިންގެވުމުގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިންނާއި އެއަރލައިންތައް ގެނައުމަށް ބޭރުގެ ގައުމުތަކަށް ސީދާ އަމިއްލަފުޅަށް މަރުޙޫމް އެމްޔޫ މަނިކު ދަތުރުތައް ކުރެއްވިއެވެ. ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މަރުޙަލާގައިވެސް، އެހާމެ ބުރަކޮށް އުޅުއްވިއެވެ. ހަމަ އެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ މަންޒިލެއްކަން ކަށަވަރު ކުރުމަށް އެތައް ހަރުފަތެއްގައި ކިތަންމެ ކަމެއް ތަޢާރަފްކުރެއްވިއެވެ. މިއަދު ފެނިގެންމިދާ އެއަރޕޯޓުގެ ތަރައްޤީއަކީ އެމްޔޫ މަނިކު އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަމުގައި ހުންނަވައިގެން، އެމަނިކުފާނުގެ ބޮޑު ހިއްސާއަކާއެކުގައި ގެނެވުނު ތަރައްޤީއެކެވެ. ވިޔަފާރީގެ އިތުރުން އިޖްތިމާއީ އެތައް ކަމެއްގައިވެސް އެމްޔޫ މަނިކަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޤައުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވައި، އެކަމަށް ދީލަތިކަމާއެކު ހޭދަ ކުރެއްވިއެވެ. މިރާއްޖެއަށް ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފްވި އިސްލާޙީ މަސައްކަތުގައި ވެސް، އެމަނިކުފާނަކީ މަތިވެރި ޚާދިމެކެވެ. އެމްޔޫ މަނިކު މިއަދު އަޅުގަނޑުމެންނާ ވަކިވެގެންދިޔުމަކީ ޤައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެކެވެ. މާތް ﷲ އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ! امين
Abdulla Shahid tweet media
DV
8
35
94
3.7K